މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސިޓީ، ކުރިކީލަ މަގު، ދިލްބަހާރު މަގު އަދި ދެވިނަ މަގު ހިމެނޭ ސަރަހައްދުން މާދަމާ ކަރަންޓު ކެނޑުން އެކަށީގެންވާކަމަށެވެ.
ސްޓެލްކޯ އިން ބުނީ، މި ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވަނީ މާދަމާ ހެނދުނު 09:30 އާއި 10:00 އާ ދެމެދު ކަމަށެވެ.
ދެން ކަރަންޓު ކެނޑޭނެކަމަށް ލަފާލުރަނީ މާލެ ސިޓީ، ޖޯޝީ ހިނގުން، ޗާންދަނީ މަގު އަދި ޗާންދަނީ މަގު ހަނި ގޯޅި ހިމެނޭ ސަރަޙައްދުންނެވެ.
ސްޓެލްކޯ އިން ބުނީ މި ސަރަހައްދުން ކަރަންޓު ކެނޑުން އެކަށީގެންވަނީ މާދަމާ ހެނދުނު މެންދުރު ފަހު 2:00 އިން ފެށިގެން 3:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
ސްޓެލްކޯއިން ބުނީ، މި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ލަފާ ކޮށްފައިވަނީ ކަރަންޓު ވިޔުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީއެވެ.

