ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / އުފުލަންދޫގެ، އަލީ ހާޒިމް (22އ)އެވެ.

ހަޒިމް ހައްޔަރުކޮށްފައި ވަނީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއް ގައެވެ.

މި އޮޕަރޭޝަނުގައި އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު، އެކި ބްރޭނޑްތައް ހިމެނޭހެން ޖުމްލަ 43 ފުޅި ބަނގުރާ ފެނިފައިވެއެވެ.

އަދި މިމައްސަލައާ ގުޅިގެން އޭނާ ދުއްވި ކާރު ވަނީ ޓޯ ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.