ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު އައްޔަންކޮށްފިއެވެ.

ފަޔާޒު އަކީ މި ސަރުކާރުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

އޭނާ އެޗްޑީސީގެ ޑީއެމްޑީއަކަށް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 26 ގައި ނަމަވެސް އޭނާ މަސައްކަތް ނުކުތީ މިއަދެވެ.

ފަޔާޒު އަކީ ކުރެހުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ކުރާ ގެޑޯ ކޮންސަލްޓިންގެ ޑިރެކްޓަރެއްގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ކުއަންޓިޓިވް ސާވޭއިން ޑިގްރީ ހާސިލުކުރައްވާފައިވާ ފަޔާޒު އަކީ ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން މާސްޓާސްވެސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މާސްޓާސް ހައްދަވާފައިވަނީ ބިލްޑިން ސައިންސުގެ ދާއިރާއިންނެވެ.