ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ ހިދުމަތުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ، މިއަދު ހެނދުނު 9:45 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރު، ރޯޑް ޑިވައިޑަރތަކާއި ވޭނެއްގައި ޖެހުމަށް ފަހު، ޕިކަޕް ފަހަތުގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ކާރު ޑްރައިވަރަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

