ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ ފުލުސް އޮފިސަރަކާއި އޭނާގެ ދަރިފުޅާ ބައްދަލުކޮށްދީފައި ވަނީ އުސޫލާ އެއްގޮތަށް ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެވރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑުހުޅުދޫއަށް ވަޑައިގަތުމުން، އުމުރުން އެންމެ ތިން އަހަރުގެ ކުއްޖަކު ވަނީ އެކުއްޖާގެ ބައްޕަ މަތިން ވަރަށް ހަނދާންވާ ކަމަށް ލިޔެފައިވާ ނޯޓުކޮޅެއް ރައީސްއަށް ދީފައެވެ.
އަދި ރައީސް ވަނީ އެކުއްޖާއާ ފުލުހެއްގެ ގޮތުގައި ކައިރި ރަށެއްގައި މަސައްކަތް ކުރަމުންދިޔަ އެ ކުއްޖާގެ ބައްޕައާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާފައެވެ.
ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ ކުއްޖާއަށް 1 އަހަރުން ފެށިގެން ބައްޕަ އުޅެނީ ރަށުން ބޭރުގައި ކަމަށް ވުމުން، ރައީސް ބޭނުންފުޅުވީ އެމަނިކުފާނު އެ ރަށުން ފުރާވަޑައިގަތުމުގެ ކުރިން ވާން އޮތް ކަމެއްނަމަ ބައްޕަ އާއި ކުއްޖާއާ ބައްދަލުވާނެ ފުރުސަތު އޮތްތޯ ބެއްލެވުމަށް ކަމަށް ވެސް ފުލުހުންގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ތުއްތު ކުއްޖާގެ ބައްޕަ ހުރީ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައިކަމުން، ފުލުހުންގެ މުއައްސަސާއިން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަދި މިކަމުގައި، ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާމެދު އަމަލުކުރަމުންދާ އުސޫލުތަކާއި ތަފާތު ގޮތަކަށް އަމަލުކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.


ތުއްތު ކުދިންގެ މައިންނާއި ބަފައިން ކުދިންނާއި ދުރުގައި އުޅުމަކީ އެކުދިންގެ ތަރުބިއްޔަތަށާއި ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް ކުއްޖާގެ މުސްތަގުބަލް ބަނަވެދާނެ ކަމެއް. އަދި ކުދިން ކުށްތަކަށް އަރައިގަތުމަށް މަގުފަހިވާ ކަމެއް. މަންމައިން ދަރިން ދޫކޮށް ވަޒީފާތަކަށް ދިއުމުން މިކަން ވަކިން ބޮޑު. ރާއްޖޭގައި ކުށްތަކަށް އަރައިގަންނަ ގިނަ ކުދިންނަކީ މިފަދަ މައްސަލަތައް ދިމާވެފައިވާ ކުދިން. ރައީސް އެ އެޅުއްވި ފިޔަވަޅަށް މަރްހަބާ ދަންނަވަން.