ރާއްޖޭގެ ހުރިހާ ގެއަކަށް މަސްދަޅު ބެހުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ތައްޔާރުވާން ފަށައިފިއެވެ.

ރޯދަ ހަދިޔާއެއްގެ ގޮތުގައި، ކޮންމެ ގެއަކަށް މަސް ދަޅު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮންމެ ގެއަކަށްވެސް ހަދިޔާކުރާނީ 48 ދަޅު ހިމެނޭ މަސް ކޭހެއް ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯ އިން ބުނީ އެ މަސައްކަތް ކުރިއަށްގެންދަނީ އެސްޓީއޯއާ ގުޅިގެން ކަމަށާއި އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިމޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މަސްދަޅު ކޭސްތައް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށެވެ.