ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާން އިންތިހާބުކޮށްފިއެވެ.
އެ މަގާމުގައި ކުރިން ހުންނެވި ހަސަން ލަތީފު ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ހަސަން އަކީ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަންއެވެ.
ޑިމޮކްރެޓުންގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމާ ވަގުތީ ގޮތުން ހަވާލުވާންޖެހޭނީ ޕާޓީގެ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.
އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ފިރުޝާންގެ އިތުރުން ނައިބު ރައީސްއެއްގެ ގޮތުގައި ހުންނެވި އަލައިކާ އަދުނާންއެވެ.
ޑިމޮކްރެޓުންގެ ނޭޝަނަލް އެސެމްބްލީގެ ރޭގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުންގެ މެދުގައި ނެގުނު ވޯޓުން ފިރުޝާން ކުރި ހޯއްދެވީ 29 ވޯޓު ހޯއްދަވައިގެންނެވެ. އަލައިކާއަށް ލިބިލެއްވީ 14 ވޯޓެވެ.

