ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަންހެނަކު ތަހުގީގަށް ހާޒިރުވުމަށް އަންގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ތަހުގީގަށް ހާޒިރުވާން އަންގާފައި ވަނީ ޢާއިޝަތު ޝަހުމާ، ޏ. ފުވައްމުލައް/ މިސްކިތްމަގު.މީޓް، (27އ)އެވެ.

ފުލުހުން ހާމަކުރި އިތުރު ތަފްސީލުގައި ވަނީ:

އައިޑީ ކާޑު ނަންބަރު: A275478

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ސުވާލުކުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން.

ފުލުހުން ވަނީ، 2025 ޖަނަވަރީ 21 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް އޭނާ ހާޒިރުވާން އަންގައިފައެވެ.