މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓުން މި އެލާޓް ނެރެފައި ވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެލާޓް ނެރެފައިވަނީ މިއަދު 9:30 އިން 13:30 އަށެވެ.

މެޓުން ބުނީ، އެލާޓްގެ ވަގުތުތަކުގައި، އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.