ހުޅުމާލެއިން މިރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިއެވެ.

ްސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރާއި، ދިރާގު ބިލްޑިންގ ފިޔަވާ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދުތަކަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށެވެ.

މިރޭ 11:00ވާން ކައިރިވެފައި ވަނިކޮށް ހުޅުމާލެ ފޭސް 1 އަދި 2 ގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ އިން ކުރިން ބުނީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލެއަށް ކަރަންޓު ދޭ ފީޑަރ ތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާއި ގުޅިގެން ކަމަށެވެ.

ފުރަތަމަ ފިޔަވަހީގެ 3 ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް ކަރަންޓުދެވިފައިވާއިރު، ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް  މުވައްޒަފުން ދަނީ ކުރަމުން ކަމަށާއި، މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް ބުންޏެވެ.