ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ބީޗެއްގައި އިން ފަތުރުވެރިޔަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ، މި މަހުގެ 20 ވަނަ ދުވަހު، 14:45 ހާއިރު، ހދ.ނޮޅިވަރަންފަރުގެ ފަތުރުވެރިންނަށް ހާއްސަ ބީޗުގައި އިން ފަތުރުވެރިޔަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.

