މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަނީ ނިއްވައިލައިފައެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މައުލޫމާތު ރޭފަތިހު 04:20 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރުއެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ އިރު، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.


ތަނެއް ރޯވެއްކެއްޔާ އެތަން ބޭނުންނުކުރެވޭވަރަށް އަނދައި ނިމުނީމަ ނޫނީ ކުރެވޭކަމެއް އޮތްކަމަކަށްނުވޭ ފަޔަރ ސްޓޭޝަންއާ ޖެހިގެން ހުރި ދައުލަތުގެ ތިން މިނިސްޓްރީއާ ކައުންސިލްގެ ޑިޕާޓަންޓެއް އަނދާހުލިވިއިރު ކުރެވުނު ކަމެއްނެތް އެންމެ ކުޑަމިނުން ސަރވާގަނޑުވެސް ނުނެރެވުނު. އާއްމުންނާ ހަވާލުކުރިނަމަ ދިވެހީންގެ ގޮތުގަ އެއަށްވުރެ ރަނގަޅުވީސް