ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފަރާާތްޕުޅުން ފެނިގެންދަނީ، ރައްޔިތުންގެ ވެރިއެއްގެ ރިވެތި ނަމޫނާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އިއްޔެ ރ.މަޑުއްވަރިއަށް ވަޑައިގެންނެވުމުން، އެ ރަށު މީހަކު ވަނީ ބޯޑުތަކެއް ހިފައިގެން ހުރެ، އިހުތިޖާޖު ކޮށްފައެވެ. އޭނާގެ ޝަކުވާއަކަށްވީ މައްސަލައެއްގައި އިންސާފު ނުލިބި ލަސްވަމުން ދިޔުމެވެ.
އެމީހާ އިހުތިޖާޖު ކުރަމުންދިޔަކަން ރައީސްގެ ސަމާލުކަމަށް އައުމުން، އެމަނިކުފާނު ވަނީ އެމީހާ އަރިހަށް ވަޑައިގެން، ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ.
މިކަމަށް އިޝާރާތް ކުރައްވައި، މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެމަނިކުފާނުގެ ފަރާތްޕުޅުން ފެންނަނީ ރައްޔިތުންގެ ވެރިއެއްގެ ރީތި ނަމޫނާ ކަމަށެވެ.
”ކަންބޮޑުވެވަޑައިގެން ދަރިފުޅުގެ ހައްގުގައި އަޑުއުފުއްލެވި ބައްޕަވެސް ރައީސްއާ މުހާތަބުކުރެއްވިތަން ފެނުނީ ނުހަނު އިހުތިރާމާއެކު. ފަރުދީ، އިޖްތިމާއީ އަދި ގައުމީ މައްސަލަތަކުގެ ހައްލު ހޯއްދެވުމަށް ރައީސް ޑރ.މުއިއްޒު ގެންދަވަނީ އާދަޔާ ހިލާފަށް ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަމުން.“ ޝިޔާމް ވިދާޅުވިއެވެ.
ރައީސް ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެން، ކައުންސިލްތަކާއި، ރައްޔިތުންނާ ވެސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، ވަޒީރުންގެ އަރިހުގައި ރަށްރަށަށް ދަތުރުފުޅު ކުރެއްވުމުގެ ބޭނުމަކީ ރައްޔިތުން އެދޭ ގޮތަށް މަޝްރޫއުތައް ނިންމައިދިނުމެވެ.


މި އަހަރު އަދި މިހާ ބޮޑު ޚަބަރެއް ނުކިޔަން
ތެދެއްވާނީ ތެދައް
ނުޖެހޭނެ ދައްކާކައް ތެދުވެރިއެއް