މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ސައުދީ އަރަބިއްޔާގައި ތަމްރީނު ހޯދުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ޕާސްޕޯޓްސް، ޑރ. ސަލާހު އަލްމިރްބާއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އިމިގްރޭޝަނުން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ސައުދީން އިމިގްރޭޝަންގެ އޮފިސަރުންނަށް ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުންނާއި މައުލޫމާތު ބަދަލުކުރުމާއި އިންޓެލިޖެންސް ހިއްސާކުރުމާ ގުޅޭގޮތުން ކަމަށެވެ.

މި ބައްދަލުވުމަށް ފަހު ސައުދީގައި އިމިގްރޭޝަންގެ ކަންކަން ކުރިއަށްދާ ގޮތް ރާއްޖޭގެ އިމިގްރޭޝަނުގެ ވަފުދަށް ވަނީ ދައްކާލާފައެވެ.