ތައުލީމު ކުރިއެރުވޭނީ ފަންނިއްޔާތު ކުރިއަރުވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ތައުލީމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވަނީ ތައުލީމީ ދާއިރާގައި ފަންނިޔާތު ބޭނުން ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ އުފެދިފައިވާގޮތުން ރަނގަޅު ފެންވަރެއްގެ ތައުލީމެއް ފޯރުކޮށްދެވޭނީ ފަންނިއްޔާތުގެ ޒަރިއްޔާއިން ކަމުގައެވެ.
ރައީސް ވަނީ އޭއައި، ވާޗުއަލް ރިއަލިޓީ އީޖާދުކުރަނި އީ-ލާނީން ޕްލެޓްފޯމްތައް މެދުވެރުކޮށް ވަށާ ޖެހޭ ތައުލީމުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.
ޓެކްނޮލޮޖީގެ ދާއިރާ އިން ރާއްޖެ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ތައުލީމީ ހިދުމަތް ޑިޖިޓަލް ކުރުމަކީ ސަރުކާރުގެ އަމާޒެވެ.

