މިފްކޯއިން މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މިފްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި މަހުގެ 22 ވަނަ ދުވަހުގައި ދޯނިތަކުން ކިރި މަހަށް މިއަދު ފައިސާ ދީފައިވާ ކަމަށެވެ.
އެގޮތުން 22 ވަނަ ދުވަހުގައި 79 މަސް ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.
އެ ކުންފުނިން ބުނީ، އެ ދޯނިތަކަށް ޖުމްލަ 4،746،204 ރުފިޔާ ދައްކާފައިވާ ކަމަށެވެ.
އެ ފައިސާ މިއަދު ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މިފްކޯއަށް ކިރާ މަހަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދަނީ ދެމުންނެވެ.

