މިރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށް ދާނީ 5 މިނެޓެއް ހާއިރު ކަމަށެވެ.
އެގޮތުން ހަވާ އަރުވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ދިމާ ބޭރުންނެވެ.
ހަވާ އަރުވަން ހަމަޖެހިފައި ވަނީ، މިރޭ 21:30 ގައެވެ.
އަމިއްލަ ފަރާތްތަކުން އެދުމުން، މިގޮތަށް ހަވާ އަރުވައިދިނުމަކީ އާއްމު ކަމެކެވެ.

