ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފު ކުރަން  އެެއްވެސް މަސައްކަތެއް ނުކުރާކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަން ހާމަކުރައްވައި، ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފު ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ ކަމަށް ހީނާ ވަނީ ފާހަގަކުރަށްވާފައެވެ.

“ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފު ކުރުމުގެ ވިސްނުމެއްނެތް. ކުރިންވެސް ހާމަކުރައްވާފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު.“ ހީނާ ވިދާޅުވެފަވެއެވެ.

ހީނާ ވިދާޅުވެފައިވާ ގޮތުގައި، މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ގާއިމުކޮށް ދެމެހެއްޓުމެވެ.