ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުޙައްމަދު ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިހާދުގެ މަގާމު ބަދަލު ކުރީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މިދިޔަ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ނިހާދު ސަސްޕެންޑު ކުރީ ވެރިކަންކުރާ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ނިހާދަކީ 19ވަނަ މަޖިލީހުގައި އައްޑޫ ސިޓީ ފޭދޫ ދާއިރާ ތަމްސީލު ކުރެއްވި މެންބަރެކެވެ. އޭރު އޭނާ ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ.
އޭނާ ފަހުން ވަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

