ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ފެންސުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުޅުދުއްފުށީގައި ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ ޕިކަޕު ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުއްޖެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ޕިކަޕު ޓޯކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއާޕޯޓު ފެންސުގައި ޕިކަޕު ޖެހިފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ކޮންޓްރޯލު ނުކުރެވިގެންނެވެ.