ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓޫރިޒަމް މިނިސޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.
ފައިސަލް ވަކިކުރެއްވުމަށްފަހު އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިއަދުން ފެށިގެން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާވަނީ ހަވާލުކުރައްވާފައެވެ.
ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 17 ނޮވެންބަރު 2023 ގައެވެ. އޭނާ އަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުންނެވެ.

