ހއ.މުރައިދޫ ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މުރައިދޫ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި ދެއްވުމަށް މިއަދު ހެނދުނު، އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެ އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ހއ. އަތޮޅުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދައުލަތުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި، މުރައިދޫ ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ އެންމެހައި މެންބަރުންނާއި، އެ ރަށު ޑަބްލިޔޫޑީސީގެ އެންމެހައި މެންބަރުންނާއި، މުރައިދޫގެ މުއައްސަސާތަކުގެ ވެރިންނާއި، އެ ރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އާ އިމާރާތުގެ މަސައްކަތް ކުރައްވަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ”ހެކްސްޓަރ ގްލޯބަލް“ އިންނެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް މުއިއްޒު، ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަން ފެށި، ކައުންސިލް އިދާރާގެ އައު ޢިމާރާތް ބިނާކުމުގެ މަޝްރޫޢުގެ ސަބަބުން އެ ކައުންސިލްތައް ހިންގުމަށް އިތުރު ލުއި ފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރުވެގެން ދާނެއެވެ.

