މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން 31 ޖަނަވަރީ 2025 ވާ ހުކުރު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން އެ ދުވަހުގެ ރޭގަނޑަށް ބަދަލުކޮށްފިއެވެ.
ގާނޫނުޗއަސާސީ“ގެ ދިފާއުގައި ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން މި ހިނގާލުން ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ މި ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހުއެވެ.
”ފުދިއްޖެ ފުނޑިއްޖެ“ ގެ ނަމުގައި ބާއްވާ މި ހިނގާލުން އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ.
ނަމަވެސް އެ ޕާޓީން ވަނީ އެ ހިނގާލުން މިހާރު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ 8:00 ގައި ކަމަށް ބުނެފައެވެ.
ކުރިންވެސް ނިންމާފައި އޮތް ގޮތަށް ހިނގާލުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އެއްވާން ޖެހެނީ އާޓިފިޝަލް ބީޗަށެވެ.

