މުޅި މާލެ ސިޓީން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި ކަމަށެވެ.
އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ވެސް ބުންޏެވެ.
”ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.“ ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ފަހުން ބުނީ، މާލޭގެ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމުގައެވެ.
”މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން.“ ސްޓެލްކޯ އިން ބުންޏެވެ.
”މި ވަގުތު މާލޭގެ 75 އިންސައްތަ ސަރަޙައްދަށް ކަރަންޓުގެ ހިދުމަތް ވަނީ އަލުން ފޯރުކޮށްދެވިފައި.“

