މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ކަމުން މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑުން މިރޭ ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމުން، ދަފްތަރު ނަންބަރު ރސ 4589، މުޙައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކި ކޮށްފައިވާ ކަމަށެވެ.
ވަޖީހު މަގާމަށް އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ވަޖީހުވަނީ 2013ވަނަ އަހަރުން ފެށިގެން 2022 ގެ ނިޔަލަށް އެމްޕީއެލްގެ މަގާމުތަކެއް ފުރުއްވާފައެވެ.
ވަޖީހު މަގާމުން ވަކި ކުރިއިރު، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭ ކަމަށް މީީސްމީޑިއާގައި އަޑު ފެތުރިފައިވެއެވެ.

