މާލޭގެ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގައި މާރާމާރީ ހިންގައިފިއެވެ.

ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ، މި މައްސަލަ އެ މުއައްސަސާ އަށް ހުށަހެޅީ މިއަދު 12:10 ހާއިރު ކަމަށެވެ.

”މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން.“ ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގެ މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.

މި މާރާމާރީ ހިންގީ ބިދޭސީންގެ މެދުގައި ކަމަށާއި، އަނިޔާވި އެކަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.