މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަކީ ތާރީހީ އަދި ތައުރީފު ހައްގު ރިޔާސީ ބަޔާނެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު އެކްސްގައި ވިދާޅުވީ، ރައީސް މުއިއްޒުއާއި ރާއްޖޭގެ ވެރިކަންހަވާލުވިއިރު ގައުމު ވެއްޓިފައިވާ ފުންއަނދަވަޅާއި އެއަނދަވަޅުން އަރައިގަނެ ކުރިއަށްވަޑައިގަތުމުގައި ނެރުއްވި ނަތީޖާ ވަރަށް ތަފްސީލުކޮށް، ރިޔާސީ ބަޔާނުގައި ހިއްސާކުރައްވައިފައިވާ ކަމަށެވެ.
ސައީދު ވަނީ ރައީސް އިއްވެވި ރިޔާސީ ބަޔާނުގެ ވީޑިއޯއެއް ވެސް ހިއްސާ ކުރައްވައިފައެވެ. އެ ވީޑިއޯގައި ރައީސް ވިދާޅުވަނީ، މި ސަރުކާރު ދެމިއޮންނާނީ، ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވައި، ނަތީޖާ ނެރެދިނުމުގައި ކަމަށެވެ.
”ހީވާގި ކަމާ، ކެރުމާ، މުރާލިކަމާއެކު، ރައްޔިތުންގެ އުއްމީދުގައި ކުލަ ޖައްސައިދިނުމުގައި ނުހަނު ސާބިތުކަމާއެކު، ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ އަޑު އަހާ، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމުގެ އަޒުމުގައި، ކާމިޔާބީ ހޯދުމަކީ އަޅުގަނޑުމެންގެ އުފާ.“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި، ކޮންމެ ރައްޔިތަކު ވެސް ހަމަހަމަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނު ހުއްދަ ކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށެވެ.


މިއަދު މަޖިލީހުގައި ރައީސު އިއްވެވި ރިޔާސީ ބަޔާނަށް ޙައްގުވަނީ ތައުރީފުތޯ ނުވަތަ އެބަޔާނަކީ ހަމަ އިއްވެވި އަޑެއްތޯ ނިންމަން އަދި މާއަވަހެވެ .
އެބަޔާނުގައި ވެވަޑައިގެންނެވި ވައުދުގެ ތެރެއިން މަދުވެގެން %45 ފުއްދަވައި ދެއްވިއްޖެނަމަ އަޅުގަޑުވެސް އެ ބަޔާނަށް ތައުރީފު ކުރާނަމެވެ . .