އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބޭއްވުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އުރީދޫން އިއްޔެ ބުނީ، މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އަހަރުގެ ފެބްރުއަރީ 18 ގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށެވެ.

އަދި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި އާންމު ޖަލަސާގައި ބައިވެރިވެގެން ވެސް، ފާސްކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓު ދެވޭނެ ކަމަށް ވެސް އުރީދޫން މައުލޫމާތުދެއެވެ.

އުރީދޫން އިތުރަށް ބުނީ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓު، http://www.ooredoo.mv/investors/ ގައި ޝާއިއު ކުރާނެ ކަމަށެވެ.

މި ނޯޓިސް މެދުވެރިކޮށް ޖަލްސާ ބާއްވާނެ ތާރީހާއި ގަޑި އާއި ތަނާއި އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ވެސް އާންމު ކުރާނެ ކަމަށް ވެސް ބުންޏެވެ.