އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، އަމީނީ މަގުގައި، ކުރީގެ ހައުސިން މިނިސްޓްރީ ކައިރިން އިމަޖެންސީގައި ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓު ކުރީ މިރޭ 7:35 ހާއިރުއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާގެ ނިއްކުރިއަށް އަނިޔާވެ، ދުޅަވެފައިވާ ކަމަށެވެ. އޭނާ ވަނީ ފަރުވާ އަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އެކްސިޑެންޓުވި ދެއުޅަނދު ދުއްވީ ވެސް، އީ ކެޓަގަރީގެ ލައިސެންސް އޮންނަ ދެ މީހުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

