ހުޅުމާލޭގައި ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން މަސައްކަތްކުރި ދެ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން  ހައްޔަރުކޮށްފިއެވެ.

ރެހެންދި ޓާފް ދަނޑު ކައިރީގައި ހިންގި މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 11:35 ހާއިރުއެވެ.

ކޯރޑީއަކުން ހަމަލާ ދިނީ އެ ސަރަހައްދުގައި މަޑުކޮށްގެން ހުރި މީހަކަށެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ގދ ފިޔޯރީ ހީނާމާގޭ، ރުސްތުމް އިބްރާހިމް، 25، އާއި ބ. ހިތާދޫ ސްޓާ، އަބްދުالله ޒާހިދު ޒުބައިރު، 18، އެވެ.

ފުލުހުން ބުނީ އެ މީހުން އަތުލައިގަތީ ހަމަލާ ދިނުމަށް ފިލަން މާލެ އަށް ދަނިކޮށް ބްރިޖް ހައިވޭ މަތިން ކަމަށެވެ.

އަދި އެ މީހުން ހުއްޓުވި ތަނުން މާރާމާރީ ހިންގަން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރާއި ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.