ފަލަސްތީނުގެ މިނިވަން ދައުލަތެއް ސައުދީ އަރަބިއްޔާގެ ފަސްގަނޑުގައި ގާއިމުކުރުމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ދެއްކި ވާހަކަތައް ރާއްޖެއިން މިއަދު ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސައޫދީ އަރަބިއްޔާގެ ސަރަހައްދުގެ ތެރޭގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ގޮވާލައި އިޒްރޭލުގެ ބޮޑުވަޒީރު ދައްކާފައިވާ ޒިންމާދާރުކަން ކުޑަ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ސައުދީގެ މިނިވަންކަމާއި، ސަލާމަތާއި އަދި ސަރަހައްދީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ބަޔާނެއް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށާއި މިފަދަ ބަޔާންތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ ޗާޓަރުގެ ސާފު ޚިލާފުވުމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި މިފަދަ ބަޔާންތަކަކީ ހަމައެކަނި ސައޫދީ އަރަބިއްޔާގެ މިނިވަންކަމަށް އަރައިގަތުމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.
މިއީ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ނިގުޅައިގަތުމެއްވެސް މެއެވެ.
މީގެއިތުރުން އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގެނެ 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ރާއްޖޭން ގޮވާލަމުންދާ ގޮވާލުން ވަނީ އެ ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.


ދުނިޔޭގެ އެއްމެންވެގެން އެމެރިކާގެ ހަތިޔާރު އުފެއްްދުން ހުއްޓުވައިގެން ނޫނީ އެހެން އެއްވެސް ގައުމަކަށް ހަމަޖެހިލައިގެން ނުތިބެވޭނެ.