ހުޅުމާލެ  ފޭސް 2 ގައި ހުންނަ ސްޓެލްކޯގެ ޓަވަރެއްގެ މަތިން މީހަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ފްލެޓުން ވެއްޓި މަރުވެފައި ވަނީ އިބްރާހިމް ޝަރަފް، ހ. ގިނިރާހި އާގެ ،31، ކަމަށެވެ.

އެމީހާ ވެއްޓިފައިވަނީ އެ ފްލެޓުގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ވެއްޓުނީ ސްޓެލްކޯ ފްލެޓް އިމާރާތުގެ ނުވަ ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީންނެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.