ސައްޙަ ނޫން ބޭންކު ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ތަހުގީގަށް އަނެއްކާ ވެސް މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
މި މައްސަލައިގައި ހޯދަނީ ޅ. ނައިފަރު، ސާތީ، އަނޫފް އަބްދުލްޣަނީ، 27، އެވެ.
ފުލުހުން ބުނީ އޭނާ ހޯދަން އިއުލާނު ކުރީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ ސައްހަ ނޫން ބޭންކް ސްލިޕް މުއާމަލާތެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންވެ މި މަހުގެ 18 ވަނަ ދުވަހު ހަވީރު 4:00 އަށް ނުވަަތަ ވީ އެންމެ އަވަހަކަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް އަނޫފް ހާޒިރުވާން ފުލުހުން އަންގާފައިވެއެވެެ.
ސައްހަ ނޫން ބޭންކް ސްލިޕުން ވިޔަފާރިކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއްޔެ ވެސް އިއުލާނު ކުރިއެވެ.

