ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި ރޯދަމަހު ގޭބީސީތަކަށް ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް ބަހަން ފަށައިފިއެވެ.

މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން މަސްދަޅު ކޭސްތައް ވަނީ އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވަން ފަށާފައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ވެސް މަސް ދަޅު ކޭސް ހަދިޔާ ކުރައްވާނެކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު 14:30 އިން އިރުއޮއްސި 6:00އަށް އަދި ރޭގަނޑު 8:30 އިން 11:00އަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަށް ދުވަހުގެ މުއްދަތަކަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނެ ސަރަޙައްދުތައް:

 މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބައި

މިފްކޯގެ އޮފީހުގެ ގްރައުންޑް ފްލޯ

ވިލިމާލެ ސޯޝަލް ސެންޓަރ

ހުޅުމާލެ ފޭސް1ގެ ޢުމަރު ޒާހިރު ބިލްޑިންގ

ހުޅުމާލެ ފޭސް2 ގެ ހިޔާ ފްލެޓްގެ 10 ވަނަ ފްލެޓްގައި ހުންނަ ޔޫތު ސެންޓަރ

 

މި މަސްދަޅު ކޭސްތައް ބަހަނީ ހަމައެކަނި ދިވެހީންނަށެވެ.

 

ި