ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ރައީސް ވިދާޅުވީ، ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަގުބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ، މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވުމުގެ ހިތާމައިގައި، އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ރައްދުކުރައްވާ ކަމަށެވެ.
އެމަނިކުފާނުވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި އޭނާ ލެއްވެވުން އެދި ދުއާ ކުރައްވައިފައެވެ.
މެޒޯ ނިޔާވީ އައިޖީއެމްއެޗުގައެވެ. އުމުރުން 60 އަހަރުގެ މެޒޯ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

