ޝޫޓިންގ ސްޕޯޓްސްގެ ތާރީހުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިސްބާހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އީޝަލް ވަނީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދާފައެވެ.
މި މުބާރާތުގައި އޭޝިއާގެ 23 ގައުމަކުން ބައިވެރިވެފައިވެއެވެ.
އުމުރުން އެންމެ 15 އަހަރުގެ އީޝަލް ވަނީ 21 ގައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރިހޯދާފައެވެ.
މިއީ ވަރަށް ތާރީހީ ކާމިޔާބީއެކެވެ. މިއީ ޝޫޓިން ސްޕޯޓްސްގެ ދާއިރާއިން ދިވެހިރާއްޖެއަށް މިހާތަނަށް ލިބުނު އެންމެ މަތީ ވަނައެވެ.

