ރޯދައާ ދިމާކޮށް އެސްޓީއޯއިން ބާޒާރަށް ނެރޭ ފިޔާ ކިލޯއެއް 16 ރުފިޔާ އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، 25 ކިލޯގެ ފިޔާ ބަސްތާއެއް، 350 ރުފިޔާއަށް ލިބޭނެ ކަމަށެވެ.
އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ، ބަސްތާއެއް 340 އަށް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ އެ އަގުތަކުގައި އެސްޓީއޯގެ ފިހާރަތަކުން މިހާރު ފިޔާ ލިބޭނެ ކަމަށެވެ.
އެސްޓީއޯ އިން މީގެ ކުރިން ބުނެފައި ވަނީ، ރޯދައަށް ދުރާލައި ކާބޯތަކެތި ގެނެސް ވިއްކުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

