ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސާ ޑރ.ވިޔޯސާ އޮސްމާނީ-ސަދްރިއު އާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަލްބީން ކުރްތީ އާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީީސް، ކޮސޯވާގެ ރައީސާއަށާއި ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، ކޮސޯވޯގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ކޮސޯވޯގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ސަތާރަވަނަ ދުވަހުއެވެ.