ހުޅުމާލޭގެ ނަން އައިޑީ ކާޑުގައި ޖެހުމުގެ ބަދަލުގައި ”ހމ“ ޖަހަން ނިންމައިފިއެވެ.
މިކަން ހާމަކޮށް ހޯމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މި މަހުގެ ދެވަނަ ދުވަހު މާލެ ސިޓީ ކައުންސިލުން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި އައިޑީކާޑުގައި ދިވެހިން ހުޅުމާލެ ލިޔާއިރު ”ހމ“ އަދި އިނގިރޭސިން ލިޔާއިރު ”HM“ ޖަހަން އަންގާފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ދޫކުރާ ހުރިހާ އައިޑީކާޑެއްގައި އެގޮތަށް ޖަހާމެކަމަށް ވެސް މިނިސްޓްރީއިން ބުންޔެވެ.
ނަމަވެސް ކުރީގެ ކާޑުތަށް މުއްދަތު ހަމަވަންދެން ގެންގުޅެވޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލޭގެ އަވަށްތަކަށް ރަޖިސްޓްރީކުރާ ނަމަ އައިޑީކާޑުގައި ހުޅުމާލެ ފިޔަވައި އެހެން ހުރިހާ އަވަށެއްގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަނީ އެ އަވަށެއް ފެށޭ އަކުރެވެ.
އެއީ ހެންވޭރު (ހ) މާފަންނު (މ) ގަލޮޅު (ގ) މައްޗަންގޯޅި (މއ) ވިލިމާލެ (ވ)އެވެ.

