ހއ. ދިއްދޫގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހިދުމަތް ފަށައިފިއެވެ.
އެ ރަށުގައި ވެމްކޯ އިން ކުނި ނެގުމުގެ ހިދުމަތް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.
އެކަމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވެމްކޯ ހިދުމަތް ފެށުމާއެކު ރަށުގެ ތިމާވެށި ހިމާޔަތް ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
އަދު މިކަމުގެ ސަބަބުން ރައްޔިތުންގެ ސިއްހަތާއި ލޯކަލް ވިޔަފާރިތަކަށް ވެސް ފައިދާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ކޮންމެ ރަށެއްގެ ކައުންސިލު ންވެސް ވެމްކޯގެ ހިދުމަތަށް އެދިއްޖެ ނަމަ، އެ ހިދުމަތް ފޯރުކޮށް ދިނުމަށް ތައްޔާރަށް ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

