ދ. މީދޫގެ ސިއްހީ މަރުކަޒުގެ އައު އޮފީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

ރައީސް ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫއަށް ވަޑައިގެން ސިއްހީ މަރުކަޒުގެ އައު އޮފީސް ހުޅުވައިދެއްވަވައި އެމަނިކުފާނު ވަނީ އޮފީސް ބައްލަވާލައްވާފައެވެ.

އައު އޮފީހުގައި ގާއިމު ކުރެވިފައިވާ ހިދުމަތްތަކުގެ ތެރޭގައި ޕަބްލިކް ހެލްތު ސަރވިސަސްއާއި، ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ އިތުރުން، ގައިންގައިން ނާރާ ބަލިތަކަށް ހާއްސަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ހާއްސަ ކްލިނިކެއް އަދި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ކްލިނިކެއް ހިމެނެއެވެ.

މީދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތް ދެމުން އަންނަ މަރުކަޒެކެވެ.