ބޭނުންވާތަކެތި:
125ގ ބަޓަރ
50ގ ހަކުރު
195ގ ފުށް
2/1 2 ސައިސަމުސާ ބޭކިންގ ޕައުޑަރ
150ގ މައިލޯ ނުވަތަ 1 4/1 ޖޯޑު މައިލޯ
1-2 ސައިސަމުސާ ކޮކޯ ޕައުޑާރ
3 ބިސް
120މލ މިލްކް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ މިކްސްޗަރުގައި ބަޓާރުކޮޅާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ.
ފަހަރަކު ބިހެއް އަޅާ އެއްކޮށްލާށެވެ. ދެން ފުއް، ބޭކިންގ ޕައުޑާރ އަދި މައިލޯ ކޮޅު މަދު މަދުން އަޅަމުން ސްޕީޑް މަޑުކޮށް މިސްޗަރުން ގިރާ ރަނގަޅަށް އެއްކޮށްލުމަށްފަހު މިލްކް އަޅާ ގިރާލާށެވެ.
އެއަށްފަހު އަވަނަށްލާ 40-45 މިނެޓްވަންދެން ފިހެލާށެވެ. ފިހެވުމުން އަވަނުން ނަގާ 10 ވަރަކަށް މިނެޓް ވަންދެން ހިހޫ ކޮށްލަން ބެހެއްޓުމަށްފަހު ފުރިޖަށްލާ ފިނި ކޮށްލާށެވެ.

