މާލެ އަތޮޅު ހިމެނޭހެން ބައެއް ސަރަހައްދުތަކަށް ނެރުނު އޮރެންޖު އެލާޓް ދަންމައިލައިފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބ އަތޮޅުން ފެށިގެން ދ އަތޮޅަށް ރޭ 3:00 ޖެހުމާ ހަމައަށް ނެރުނު އެލާޓް، ހެނދުނު 7:00 އަށް ވަނީ ދަންމައިލައިފައެވެ.

މި އެލާޓް ނެރުނީ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުން ސިފައިންނާއި ފުލުހުންނާއި ލޯކަލް ގަވަމަންޓް މިނިސްޓްރީން ވެސް ވަނީ އާއްމުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވެފައެވެ.

މިގޮތުން ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތުގައި ޕޮލިސް ކޮމިޝަނަރު ޝުޖާއުއާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުން ވަނީ މަގުތަކުން ފެން ހިނދެންދެން ހަތަރު ފުރޮޅުލީ ބަރު އުޅަނދުތައް މަގުތަކުގައި ނުދުއްވުމަށް އިލްތިމާސް ކޮށްފައެވެ.