ލޯންޗެއް ފަޅައިގެން ގޮސް، ދިޔަވަމުންދާތީ، އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އެބަދެއެވެ.
އެމްއެންޑީއެފް އިން ބުނީ، ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދާ ”ސުވެނިއަރ 34“ ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ދަނީ އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެއުޅަނދުގައި 38 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެއީ 34 ފަތުރުވެރިންނާއި 4 ފަޅުވެރިންނެވެ.
ތަފްސީލު އަންނަނީ…..

