ރޯދަ މަހު މާލެ ސަރަހައްދުގައި ވެކްސިން ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ަހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)ން ބުނީ ކުޑަކުދިންނަށް ވެކްސިން ދިނުމާއި، ހެދިބޮޑުވުން މޮނިޓަރ ކުރުމުގެ ހިދުމަތަށް ހާއްސަ ދަމަނަވެށިން އެ ހިދުމަތް ދޭނީ ރަސްމީ ދުވަސްތަކުގެ 08:15 އިން 13:15 އަށް ކަމަށެވެ.

އަދި ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 21:00 އިން 22:00 އަށް ޓްރެވަލް ވެކްސިން ޖެހުމުގެ އިންތިޒާމް ދަމަނަވެށީގައި ހަމަޖައްސާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އަދި ހުޅުމާލެ ހޮސްޕިޓަލުން ރޫޓިން ވެކްސިން ޖެހުން 10:15 އިން 13:00 އަށް ކުރިއަށްގެންދާއިރު، ޓްރެވަލް ވެކްސިން ޖެހުން ކުރިއަށްދާނީ ހޯމަ ބުރާސްފަތި އެ ދެ ދުވަހުގެ ރޭގަނޑު 21:30 އިން 22:30 އަށެވެ.