މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ  ސީއީއޯގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރު ހަމަޖައްސަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވިދާޅުވި ގޮތުގައި، މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރު މިހާރުވަނީ އެ މަގާމަށް އައްޔަނު ކުރެވިފައެވެ.

ފަރުޙަތު ޝަޙީރު މި މަގާމަށް ހަމަޖެއްސެވުމުގެ ކުރިން މި މަގާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް ވަނީ މަގާމުން ވަކިކުރައްވާފައެވެ.

ފަރުހަތު ވަނީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯކަން ކުރައްވައިފައެވެ.