މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމެއް ބޭއްވުމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިންމައިފިއެވެ.
އެ ޕާޓީން ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ފުރަތަމަ ފޯރަމް މި މަހުގެ ހަތެއްވާ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.
މި ފޯރަމް އޮންނާނީ ޕީއެންސީ ހައުސްގައި އެ ރޭ 9:00 ގައެވެ.
ޕީއެންސީން ވަނީ މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ދައުވަތު އަރުވައިފައެވެ.
ޕީއެންސީން ބާއްވާ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގެ މައުޟޫއުއަކީ ”ރަމަޟާން މަހާއި ކީރިތި ޤުރުއާން“ މިއެވެ.
މި މައުޟޫއުއަށް ވާހަކަ ދައްކަވާނީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރޯދަ މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕުރޮގުރާމު ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ޕީއެންސީން ބުނެއެވެ.

