މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފަނޑިޔާރުންނަށް އެޅުނު ފިޔަވަޅުތަކުގެ ތަފްސީލީ މައުލޫމާތު ދައުލަތުގެ ބަންޑާރަ ނައިބު އަޙްމަދު އުޝާމް ހާމަކުރައްވައިފިއެވެ.

ބަންޑާރަ ނައިބު ހާމަކުރެއްވި މައުލޫމާތުން ދައްކާގޮތުގައި 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނާ ދެކޮޅަށް ޖުމްލަ 56 ފިޔަވަޅެއް އަޅާފައިވެއެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

• 8 ފަނޑިޔާރަކު މަގާމުން ވަކިކުރުން

• 12 ފަނޑިޔާރަކު ސަސްޕެންޑްކުރުން

• 3 ފަނޑިޔާރެއްގެ މަގާމު ދަށްކުރުން

• 33 ފަނޑިޔާރަކަށް ސްލޫކީ މައްސަލަތަކާ ގުޅިގެން ނަސޭހަތްދިނުން

ބަންޑާރަ ނައިބު ވިދާޅުވީ ތަފާސް ހިސާބުތަކުން ސާފުކޮށް ދައްކައިދެނީ ފަނޑިޔާރުގެއަށް އެންމެ ބެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ މިދިޔަ ދައުރުގައިކަމެވެ.

އަދި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ސުލޫކީވުން ނިމުމަކަށް ގެނެވިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.