މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ފަށައިފިއެވެ.
މިއީ ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިން ފެށި މި ހަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްފަހު ލޯކަލް ގަވަމަންޓް އާދަމް ޝަރީފް މިއަދު ވިދާޅުވީ އެއްވެސް ވަރުބަލިވުމެއް ނެތި، ރެޔާއި ދުވާލު އެވުޒާރާގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެންމެ ފުރަތަމަ އިސްކަންދޭނީ މާލޭގެ ބޮޑެތި މަގުތަކާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމަށެވެ.
އަދި މިމަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން މިނިސްޓަރު މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފައްޓަވާނެކަން އިޢުލާނު ކުރައްވާފައެވެ.