މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ހުޅުވާލައިފިއެވެ.

އެ މަގާމު ހުސްވީ ކައުންސިލްގެ މެމްބަރު ހުސެއިން ހަސަން އިސްތިއުފާ ދެއްވުމުންނެވެ.

އެމްއެމްސީން މިއަދު ވަނީ އެ މަގާމަށް މީޑިއާތަކުން މެމްބަރަކު އިންތިހާބުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.

އެމްއެމްސީން ބުނީ މީޑިއާތަކުން އިންތިހާބުކުރާ މެމްބަރުކަމަށް ވާދަކުރަން އެދޭ ނޫސްވެރިންނަށް މާޗް 18، 2025ވާ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި media@youth.gov.mv މެއިލް ކުރުމަށް އެދިފައިވާއިރު، ހުށަހަޅާ ހުރިހާ ލިޔުންތައް ވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ.